Saturday, October 31
ޔަމަނުން އިސްރާއީލަށް ދިން ހަމަލާގެ ރައްދުގައި އެމެރިކާއިން ޔަމަނަށް ހަމަލާދީފި

ޔަމަނުގައި އުޅޭ އީރާންގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހޫތީން އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅިގެން އެމެރިކާއިން ރައްދުގައި ޔަމަނުގެ ވެރިރަށް, ސަންޢާގައި ހުރި ހޫތީން އާއި ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް އެމެރިކާގެ ސިފައިން ބުނެފިއެވެ.

ހަމަލާދީފައިވާ ތަންތަނުގެ ތެރޭގައި ހޫތީންގެ މިސައިލް ރައްކާކުރާ ތަނަކާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" ސައިޓެއް ހިމެނެއެވެ.

އެމެރިކާގެ މެދުއިރުމަތީގެ ސަރަހައްދުގެ ސިފައިންގެ ހަރަކާތްތައް ބަލަހައްޓާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނެފައިވަނީ މި ހަމަލާތަކުގެ މަޤްސަދަކީ ހޫތީންގެ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓުވައި މަދުކުރުން ކަމަށެވެ.

އީރާނާ ގުޅުންހުރި މި ގްރޫޕުން ކުރިން ވެސް ރަތް ކަނޑާއި، ބާބުލް މަންދަބާއި އަދަން ކަނޑުގައި އާއި އެމެރިކާގެ ކަނޑުގެ ސިފައިންނާއި ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދީފައިވާ ކަމަށް ސެންޓްކޮމްގެ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ސަންޢާ ކައިރީގައި ހުރި ކަރަންޓު ސްޓޭޝަންތައް ހިމެނޭ ގޮތަށް ޔަމަނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ބޮން އަޅާފައެވެ. މި ހަމަލާގައި 9 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު