Saturday, November 14
ޕޮލިޓެކްނިކުން ބައިނަލްއަޤްވާމީ މުބާރާތެއްގެ ރިހި މެޑަލް ހޯދައިފި

ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯ ގައި ބޭއްވުނު "ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" ގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ޓީމް ރިހި މެޑަލް ހޯދައިފިއެވެ.

ޑިސެމްބަރު 16 އިން 20 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޕޮލިޓެކްނިކް ގެ ޓީމުން ތައްޔާރުކޮށްފައި ވަނީ ރޮބޮޓެއް ބޭނުންކޮށްގެން ފުރިހަމަކުރަންޖެހޭ ޓާސްކެއް ކަމަށް ހަޔަރ އެޑިޔުކޭޝަން މިިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ. ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވުނު މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކުވައިދީފައިވެއެވެ. މިއީ މިފަދަ މުބާރާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މި ކާމިޔާބީ ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މިއީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ޓީމުގެ ކާމިޔާބީން، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދަރިވަރުން ބާރުވެރިކުރުވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުހިންމު ދައުރު މިނިސްޓްރީން ފާހަގަކުރެވެއެވެ. މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު