Friday, November 20
ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފި
ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އިއްޔެ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން 08 ފިހާރަ، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާއިރު، މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 03 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ. އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު