Saturday, October 31
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް މަޢުރޫފް އައްޔަންކުރައްވައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މ.ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ އެމްޑީގެ މަގާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މަޢުރޫފް ޖަމީލު އައްޔަން ކުރައްވައިފައިވާ ކަމަށެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޟުލް ރަޝީދު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޕީސީބީއިން ބުނީ ފަޟުލް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް މިއަދުން ފެށިގެން އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު