Saturday, October 31
މީދޫ އާއި ހުޅުދުއްފާރުގައި އުފާވެހި ޕުރޮގުރާމު ކުރިއަށްގެންގޮސްފި

އުފާވެހި – ކޮންމެ ކުއްޖަކަށް އާއިލާއެއް ޕުރޮގުރާމު، ރ. މީދޫ އަދި ހުޅުދުއްފާރުގައި ކުރިއަށް ގެންގޮސްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރ. މީދޫ އަދި ހުޅުދުއްފާރުގައި ކުރިއަށްގެންދިޔަ ސެޝަންގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމުގެ ނިޒާމާއި، ޕްރޮސީޖަރ ކުރިއަށްދާނެ ގޮތާއި، އާއިލީ ވެއްޓެއްގައި ކުދިން ގެންގުޅުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، އާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގައި، އާއިލީ ގުޅުންތަކުގެ ތެރެއިން، އުފާވެރިކަމާއެކު ދިރިއުޅޭ ކުއްޖެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަޞައްވުރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު