Saturday, October 31
ބިން ވިއްކީ އުސޫލާ އެއްގޮތަށް: އެޗްޑީސީ

ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިޢުލާނުކޮށްފައިވާ ބައެއް ބިންތައް ބިޑް އުޞޫލާ ޚިލާފަށް ވިއްކާފައިވާކަމަށް ކުރެވޭ ތުހުމަތުތައް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ އާންމުކޮށް އިޢުލާނުކުރުމާއެކު، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސް އެއްގެ ތެރެއިން ކަމަށެވެ.

"ބިން ގަތުމުގެ ފުރަތަމަ މަރުހަލާ އަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހެޅުމެވެ. އެއަށްފަހު، އީ.އޯ.އައި ހުށަހެޅި ފަރާތްތަކަށް، ބިޑް ކުރުމަށް ހުޅުވާލެވޭނެއެވެ. އަދި ބިން ގަތުމުގެ ފުރުޞަތު ދީފައިވާނީ ބިޑް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށެވެ."، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިޢުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި، ބޭސް ރޭޓުގެ ގޮތުގައި ކަނޑާފައިވަނީ އެ ކޯޕަރޭޝަންގެ ބޯޑު އޮފް ޑައިރެސްޓަރުން އެންޑޯޒްކުރައްވާފައިވާ ރޭޓުތަކެއް ކަމަށެވެ.

މިގޮތަށް އުސޫލުގެ ދަށުން އެ ކޯޕަރޭޝަނުން ވިއްކާފައިވާ ބައެއް ބިންތަކުގެ ތަފްޞީލްވެސް އެ ނޫސްބަޔާނުގައި ހިމަނާފައިވެއެވެ. އެޗްޑީސީން ވަނީ އާންމުކޮށް އިޢުލާނުކޮށްގެން އެ ކޯޕަރޭޝަނުން ވިއްކާފައިވާ ބިންތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު