Saturday, October 31
އިސްރަށްވެހިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަނީ

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންދިއުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ މި ސެޝަން ކުރިއަށްގެންދާނީ މި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ 16:00 އިން 17:30އަށް ކަމަށެވެ.

ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނުވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާ ގުޅިގެންނެވެ.

"އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި މާލޭ ސަރަހައްދުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް އިޖުތިމާޢީ މަރުކަޒެއް ހުޅުވާފައިވަނީ 17 ފެބުރުވަރީ 2024 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު