އާދިއްތަ, November 1
މޫސުން ގޯސްވުމާއި ގުޅިގެން ފެރީގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ: އެމްޓީސީސީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމާއި ގުޅިގެން، އެމްޓީސީސީން ދެމުން އަންނަ ފެރީގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑާއި ވައި ގަދަވާނެ ކަމަށް މީޓިއޮރޮޖިކަލް ސާވިސް އިން ލަފާ ދީފައިވާތީވެ، އެކުންފުނިން ފޯރުކޮށްދެމުން އަންނަ ފެރީގެ ޚިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ފެރީގެ ޚިދުމަތްތަކާ ގުޅޭ އިތުރު މައުލުމާތު ހޯއްދެވުމަށް 1650 އަށް ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.

އެމްޓީސީސީން ގެންދަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ދެމުންނެވެ.

އަދި ރާއްޖޭގެ މޫސުން ގޯސްވާ ހާލަތްތަކުގައި އެމްޓީސީސީން އަބަދުވެސް ދަތުރުފަތުރުކުރުމުގައި ކަމާ ބެހޭ އިދާރާތަކުގެ ލަފާ ބަލައިގަނެ އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު