Saturday, November 14
ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ފަތިހު 04:45 ން ހެނދުނު 8:45 އަށެވެ.

މެޓު އޮފީހުން އޮތީ ރާއްޖޭގެ އެންމެ ދެކުނުން، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ރޭ 19:00އިން 23:00އަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.

މީގެ އިތުރުން ރޭ ދަންވަރު އެކަކުން ފެށިގެން ހެނދުނު 7 އާއި ހަމައަށް  ށ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާ އަދި ވިލާގަނޑުގައި ގައިޑިއަކު 40 މޭލަށް ވައިގަދަވާނެ މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މެޓުން ބުނީ، އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު، ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

މި ދުވަސްވަރު ރާއްޖޭގެ ވަރަށް ގިނަ ހިސާބަށް ބޯކޮށް ވާރޭ ވެހެއެވެ. އަދި މިއީ ސްކޫލްތަކުގެ ދެވަނަ ޓާމް ޗުއްޓީ ދުވަސްވަރަކަށް ވުމުން ކަނޑުމަގުންނާ ވައިގެ މަގުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ދަތުރުތަކެއް ކުރާ ދުވަސްވަރެކެވެ. ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މުސުމާއި ބެހޭ އިދާރާއިން އަދި އެމް.އެން.ޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު