Saturday, October 31
ހައުސިންގ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓު ހިފަހައްޓައިފި

ހައުސިންގ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓުތައް ހިފަހައްޓައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓީ ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމުރަކަށެވެ.

މިގޮތުން ޕާސްޕޯޓު ހިފަހައްޓާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުން މުޙައްމަދު ޢާރިފާއި ލިރުގާމް ވަޙީދު އަދި އެ މިނިސްޓްރީގެ މިހާރުގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ވިޝާން ނަސީމް ހިމެނެއެވެ.

މި ބޭފުޅުންނަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިމާއި ފުލެޓު ދޫކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. މީގެ އިތުރުން، ފަޒުލް އާއެކު އެޗް.ޑީ.ސީގެ ބޯޑުގެ ހުރިހާ މެންބަރުންނާއި، ފަޒުލްގެ ބޭބެ އަދި އެމް.ޑަބްލިއު.އެސް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު