Saturday, October 31
މި ސަރުކާރުގައި ޤާނޫނުއަސާސީގެ ބާރު ނުހިނގާނެ މީހަކު ނުހުންނާނެ - ކޮންސްޓްރަކްޝަން މިނިސްޓަރުގެ ނައިބު
މި ސަރުކާރުގައި ޤާނޫނު އަސާސީގެ ބާރު ނުހިނގާނެ މީހަކު ނުހުންނާނެ ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރުގެ ނައިބު، މުޙައްމަދު އިމްރާން ޙަސަން ވިދާޅުވެއްޖެއެވެ. މިހާރު ފެންމަތިވެގެން އުޅޭ ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ ޚިލާފަށް މިސަރުކާރުގައި ޤާނޫނުއަސާސީން ބާރު ނުހިނގާ އެންމެ މީހެއްވެސް ނުހުންނާނެ ކަމަށެވެ. "ކޮންމެ މީހަކުވެސް އެޔާ ޚިލާފު ވެއްޖެނަމަ ފިޔަވަޅު އަޅާނެ! މިއީ ދިވެހީންގެ ރާއްޖެ, އެންމެންވެސް ވާނީ ހަމަ ހަމަ"، އިމްރާން ވިދާޅުވިއެވެ. ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. މީގެ އިތުރުން، ފަޒުލް އާއެކު އެޗް.ޑީ.ސީގެ ބޯޑުގެ ހުރިހާ މެންބަރުންނާއި، ފަޒުލްގެ ބޭބެ އަދި އެމް.ޑަބްލިއު.އެސް.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ފަޒީލް ރަޝީދު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު