Tuesday, November 17
އަލިފާނުގެ ހާދިސާ: ވަގުތީ ހިޔާއިން ގެއަށް ބަދަލުވި މީހުންގެ އަދަދު 7 އަށް
މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް އަނދައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު ހަތް ފަރާތެއް، އެ ފަރާތްތަކުގެ ގެއަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު 29 މީހުންގެ ތެރެއިން 7 މީހުންވަނީ އެފަރާތްތަކުގެ ގެއަށް ބަދަލުވެފައިވެއެވެ. އަދި، ބާކީ 22 މީހުންނަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ވަނީ އިތުރުކުރެވިފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ ތިން އިމާރާތެއްގެ ހަތް ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. އެއީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށާއި، އޭގެތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު