އާދިއްތަ, November 1
ފޮޓޯ: ސުކުން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުގައި، މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ.

އެމީހާއަށް ވަރަށް ބޮޑަށް އަނިޔާވެ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް މައޫލޫމާތު ލިބެއެވެ. ނަމަވެސް އެމިހާއަށް ލިބިފައިވާ އަނިޔާގެ ތަފްޞީލެއް އަދި ނުލިބެއެވެ.

މި އެކްސިޑެންޓް ހިނގީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގެ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މިވީޑިޔޯގައި ޕިކަޕާއި ސައިކަލް ޖެހިފައޮތް މަންޒަރު ފެނެއެވެ.

އަދި އެކްސިޑެންޓްވި މީހާ ވެއްޓިފައި އޮތް ސަރަހައްދުން ނަގައިގެން އެމްބިޔުލެންސްއަށް އަރުވާތަން ވެސް ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު