އާދިއްތަ, November 1
އާންމު ދަތުރު ފަތުރަށް އުދަނގޫވާ ގޮތަށް ހުރި ވެހިކަލްތަށް ޓޯ ކުރަނީ

މާލޭގެ ކާރުބާރޫ ބޮޑު ބައެއް މަގުތަކުގައި އާންމު ދަތުރު ފަތުރަށް އުދަނގޫވާ ގޮތަށް ހުރި ވެހިކަލްތަށް ޓޯ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި ފުލުހުން ބުނެފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ބައެއް މަގުތަށް ކަމުގައިވާ ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު، އަމީރު އަހުމަދު މަގު އަދި ސޯސަން މަގުގައި އާންމު ދަތުރުފަތުރާއި އަދި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.

އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތަށް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެމުން ގެންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ފުލުހުން ފެށީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވެހިކަލް ޕާކު ކުރުމުގައި ދިން ލުޔާ ގުޅިގެން ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ މަގުތައް މަތީގައި ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ ހިސާބަށް ކަންކަން ދިއުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު