އާދިއްތަ, November 1
ޗުއްޓީއާ ދިމާކޮށް މާލެއިން ފުރާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ރައްޔިތުން އެކިކަންކަމަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލު ޗުއްޓީއާ ދިމާކޮށް މާލެ އިން ރަށްރަށަށް ފުރާމީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުުގެ ޕްރޮގްރާމެއް މާލެ ޕޮލިހުން މިއަދު ފަށައިފި އެވެ.

ޑިސެންބަަރު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީ، އެ ފަރާތްތަކާ ބައްދަލުކޮށް ފުރައިގެން ދިޔުމުގެ ކުރިން ގޯތި ގެދޮރަށާއި އަގުބޮޑު މުދަލަށް ރައްކާތެރިވާނެ ގޮތްތައް ކިޔައި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި މިޕްރޮގްރާމުގެ ތެރެއިން މިއަދު ވަނީ މާލޭގެ އެއް ނަންބަރު ޖެޓީ ސަަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މައުލޫމާތު ދީފަ އެވެ.

އެގޮތުން އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިިރުޝާދު ދީފައިވެ އެވެ. އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ފުރުމުގެ ކުރިން ކަށަވަރުކު ރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަ ތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެ ހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކޮށްފައި ބެހެއްޓުމަށް އިރުޝާދު ދީފައިވެ އެވެ. އަދި ސައިކަލުގެ ހުންގާނާއި ޝަޓާ ވެސް ލޮކްކޮށް ތަޅުދަނޑި ޖަހާފައި ނުބަހައްޓާ އިތުބާރު ކުރެވޭ ޒިންމާދާރު މީހަކާ ހަވާލު ކުރުމަށް ވެސް ހަނދާން ކޮށްދީފައިވެ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން މާލޭގައި މީހުން ފުރަންދާ ތަންތަނަށް ފުލުހުން ގޮސް ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދޭނެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު