Saturday, November 14
މިނިސްޓަރ މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގެ މަސައްކަތް ބައްލަވާލައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެން އެތަނުގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި ވަނީ އެ ސެންޓަރުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރި ދަތިތައް ހައްލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ދަތުރުފުޅުގައި، ޗައިނާއިން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރއާއި ހިއްސާކުރެވިފައެވެ. އަދި ފަންނީ ޓީމުން އެއްކޮށްފައިވާ ޕެސްޓްގެ ސާމްޕަލްތައްވަނީ ވެސް މިނިސްޓަރ އަށް ވަނީ ދައްކާލާފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ބަލައި، އެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު