Saturday, October 31
އިންޑިޔާގެ ނޭވީ ބޯޓެއް ފެރީއެއްގައި ޖެހި 13 މީހުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ އެ ގައުމުގެ ނޭވީ ބޯޓެއް ފަސިންޖަރުން އުފުލާ ފެރީއަކާ ޖެހި ހިނގި އެކްސިޑެންޓެއްްގައި 13 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޭވީ ބޯޓް ބާރު ދުވެލީގައި ވަށްބުރު ޖަހަމުން ގޮސް ކޮންޓްރޯލް ގެއްލިގެންނެވެ.

މަރުވި މީހުންގެ ތެރޭގައި ނޭވީގެ 3 މުވައްޒަފުން ހިމެނޭ ކަމަށާއި، 100 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާ ކަމަށް މަހާރާޝްޓްރާ ސްޓޭޓްގެ ޗީފް މިނިސްޓަރ ދެވެންދްރާ ފަޑްނަވިސް ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމާއެކު ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި، އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ކަނޑުގެ ސިފައިންގެ ކްރާފްޓަކާއި 4 ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުމުގައި އެހީތެރިވެ، އެ ސަރަހައްދުގެ ކަނޑު ބަލައި ހޯދާފައިވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

އިންޑިޔާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ދިޔައީ އިންޖީނުގެ ޓްރަޔަލް ޓެސްޓްތަކެއް ހަދަމުން ކަމަށެވެ. މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ވެސް ވަނީ ނޭވީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަމިއްލަ ފަރާތަކުން ހިންގާ މި ފެރީ ދަތުރުކުރަމުން ދިޔައީ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއް ކަމުގައިވާ އެލެފަންޓާ ކޭވްސްއަށް ކަމަށާއި ފެރީގައި ގިނަ އަދަދެއްގެ ޓްރިސްޓުން ހިމެނޭކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު