Saturday, October 31
ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެ: ހީނާ
ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ބޯޑު ޑިރެކްޓަރުން ސަސްޕެންޑްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ހީނާ ވިދާޅުވީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ. އަދި، މިކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ސަސްޕެންޑްކުރި އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރޭގައި އެމްޑީ ފަޒުލްގެ އިތުރުން ހިމެނެނީ ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޒްހަރު ޢަބްދުﷲ ސައީދާއި، އިބްރާހީމް ޔޫސުފްފުޅާއި، މުޙައްމަދު ވިޝާމާއި، އުލާ މުޙައްމަދު ރަޝީދާއި، އާރިފް ޢަބްދުލް ޞަމަދާއި، މުޙައްމަދު ނާޖިލާއި، މުޙައްމަދު ވަޙީދާއި، ފާޠިމަތު މިޒްނާ ޢަލީ އަދި ޔޫސުފް ވަޙީދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު