Saturday, October 31
ކައުންސިލްތަކުން މުނިސިޕަލް ޚިދުމަތް ދިނުމަށް ގެންނަ މުދަލުގެ ޑިއުޓީ މަޢާފުކުރަނީ

ކައުންސިލްތަކުން މުނިސިޕަލް ޚިދުމަތް ދިނުމަށް ގެންނަ މުދަލުގެ ޑިއުޓީ މަޢާފުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ސިޓީތަކައި އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަޓަކައި ތަނަވަސްކަން ހުންނަ ނުވަތަ ތަނަވަސްކަން ހޯދައިގެން ބައެއް ރަށްރަށުން ބައެއް އިކްުއިޕްލަންޓް ނުވަތަ މެޝިނަރީ ހޯދަމުން އަންނަކަމަށެވެ. އެފަދަ ކައުންސިލްތަކުގެ ތަކުން އެދުމުން އެ ތަކެތީގެ ޑިއުތީ މަޢާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ގދ. ވާދޫ އެ ބޭފުޅުން ރާއްޖެއިން ބޭރުން އޯޑަރުކޮށްގެން އެކްސްކަވޭޓަރެއް މިހަރު އެގެނައީ. މިސާލަކަށް އެގެނައިމަ ޑިއުޓީ މަޢާފުކުރުމުގެ މަސައްކަތް ކައުނސިލްތަކުން އެދުމުން ކުރިއަށް ގެންދާނެ.މި ފަދަ މަސައްކަތަކީ މިނިސްޓްރީން ވަރަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއް"  އާދަމް ޝަރީފު ވިދާޅުވި އެވެ.

މި ގޮތަށް ޑިއުޓީ މަޢާފުކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނަގޅުކުރުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތި ކައުންސިލް އިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް، އަންނަ އަހަރު މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން 55 ކައުންސިލް ޢިމާރާތް އެޅުމަށް މިހާރު ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު