Saturday, October 31
ވަޒީރު ރާފިޢު, ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައިފިއެވެ.

މިގޮތުން ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކުޅިވަރު ވުޒާރާއާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.މިބައްދަލުވުމުގައިވަޒީރުގެއަރިހުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން އެ އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެ އެސޯސިއޭޝަންތައް ހިންގާ ހަރަކާތްތަކުގެ ކަލަންޑަރު ތައްޔާރުކުރުމުގައި ބެލޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުޅިވަރު ވުޒާރާ އާއި އެސޯސިއޭޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމުގެ އިތުރުން ކުޅިވަރު ވުޒާރާގެ ހަރާކަތްތައް ޕްލޭންކުރުމުގައި ފަސޭހަތަކެއްވާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު