Saturday, October 31
ފޮނަދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލ. ފޮނަދޫ ކުރިމަގު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިގޮތުން ކުޅިވަރު ވުޒާރާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ލ. ފޮނަދޫ ކުރިމަގު ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ މެގަ ލިންކް ޕްރައިވެޓް ލިމިޓެޑާ ކަމުގައި އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ ނައިބު، ޙުސައިން ނިހާދެވެ.

ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ އަގަކީ 1،559،053ރ. (އެއް މިލިއަން ފަސް ލައްކަ ފަންސާސް ނުވަހާސް، ފަންސާސް ތިން ރުފިޔާ) އެވެ. އެއްބަސްވުމުގައި ވާ ގޮތުން 38 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމަން ޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު