އާދިއްތަ, November 1
އަންނަ އަހަރު ފައިސާ ދޭން ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެއް

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވެފައިވަނީ އެމްޑީޕީ އާއި ޕީއެންސީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގަ އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށެވެ. އެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެ ކަމަށެވެ.

ބަޖެޓު ފާސް ކުރި ދުވަހު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި 10،000 މެމްބަރުން ހަމަވެއެވެ. އެކަމަކު، އެ ޕާޓީ މިހާރު އޮތީ އުވާލުމުގެ މަރުހަލާގައެވެ.

https://twitter.com/ElectionsMv/status/1869353048893710605

ގާނޫނު ބުނާގޮތުން ފައިސާ ދޫކުރަން ޖެހެނީ ޑިސެމްބަރު 31 ގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައި މެމްބަރުންގެ ނިސްބަތުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު