Saturday, October 31
އެޗްޑީސީ އެމްޑީ ފަޒުލްގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ތަކެއް

ގަވާއިދާއި ހިލާފަށް ހުޅުމާލެ އިން ގޯތިތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެ، އެޗްޑީސީ އެމްޑީ ފަޒުލްގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވިފައި ވަނިކޮށް އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީ އިން ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީ އިން އެދުމުން މިނިސްޓްރީއިން ވަނީ އެއީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ނޫން ކަމަށް އެޗްޑީސީއަށް އަންގައިފަ އެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔުންތަކުން އެނގޭގޮތުގައި ގޯތީގައި އިން ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ މީހަކަށެވެ.

ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫނެވެ.

މައުލޫމާތު ލިބޭގޮތުން އިތުރު ގޯތިތަކަކާ ގުޅޭގޮތުން ވެސް މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެހެންވެ، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ގޯތިިތަކެއް ދިން މައްސަލަ ފެންމަތިވުމުން، އެ މައްސަލަ ތަހުގީގު ކުރުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވެސް ވަނީ ގޮވާލާފައެވެ.

އެޗްޑީސީ އެމްޑީ ފަޒުލްގެ އަށް މި މައްސަލައިގެ ފާޑުކިއުން ބޮޑަށް އަމާޒުވެފައިވަނީ ފަޅާއެރި ގޯތި ދީފައިވަނީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވުމުންނެވެ. މުހައްމަދު ފަޒީލް ރަޝީދަކީ އެމްޑަބްލިއުއެސްއީ ގެ ޑެޕިއުޓީ އެމްޑީ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު