Saturday, October 31
އަލިފުށީގައި އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށަނީ

ރ.އަލިފުށީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ހެއްދުމުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އަލިފުށީ ކައުންސިލު އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އައިޑީ ކާޑު ހަދައިދިނުމުގެ މަަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 13:15 އިން 14:00 އަށެވެ.

އެ އިދާރާއިން މި ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، ޑީއެންއާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ކާޑު ހެއްދުމުގެ ޚިދުމަތް ލިބޭނެއެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ކާޑު ޕްރިންޓުކުރުމަށްފަހު، ޑީއެންއާރްއިން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތް ވެސް ވަނީ މި އަހަރު ތައާރަފުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު