Saturday, November 14
ހެޔޮއެދޭ ފަރާތެއްގެ އެހީގައި ރ. އަތޮޅު ކޮންމެ ރަށަކުން މީހަކު ޙައްޖައް ފޮނުވަނީ

ހެޔޮއެދޭ ފަރާތެއްގެ އެހީގައި ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދީފި އެވެ.

އެގޮތުން ކޮންމެ ރަށަކުން ހޮވޭމީހަކު ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އޭނާގެ ޚަރަދުގައި ހަމަޖެއްސުމަށްޓަކައި މި އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 40 އަހަރު ފުރި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށެވެ.

ރަ އަތޮޅު ކައުންސިލްގެ ރައީސް ަހްމަދު ނާސިފް " ސަބަބު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އަތޮޅުގެ ހެޔޮއެދޭފަރާތަކުން އެގޮތަށް އެހީތެރިކަން ދެމުންދާކަމަށެވެ. އަތޮޅު ކައުންސިލް މެދުވެރި ނުކޮށްވެސް ބައެއް ފަހަރު ރަށު ކައުންސިލް މެދުވެރިކޮށް އެ ރަށަކުން ވެސް މީހުން ފޮނުވަމުންދާ ކަމަށެވެ.

މިހާރު ދުވާފަރު ކައުންސިލުން ވަނީ މި ފުރުޞަތު ހުޅުވާލާފައެވެ.

ރ އަތޮޅުގެ ކައުންސިލްތަކުން ވަނީ މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ކައުންސިލްތަކުން މީހުން ނެގުުމަށް ހަމަޖެހިފައިވަނީ ޝަރުޠު ހަމަވާ ފަރާތްތައް އެކަކަށްވުރެ ގިނަނަމަ ގުރުއަތުލައިގެން ނެގުމަށެވެ.

ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮވެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1000 ކޯޓާ ލިބިފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ޙައްޖު ކޯޓާ އިތުރު ކުރުމަށް ސަރުކަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރެވޭނެ ގޮތްތައްވެސް ސަރުކާރުން ދަނީ ބައްލަވަމުންނެވެ.

ރައީސުލް ޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ގެ ރިޔާސީ ވައުދުގެ ދަށުން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ކޮންމެ އަހަރަކުވެސް ދެއްވާނެއެވެ. އެގޮތުން މިއަހަރު ސަރުކާރުން ވަނީ 50 ފަރާތެއް ޙައްޖަށް ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު