Saturday, November 14
ބައިނަލްއަޤްވާމީ އެކައުންޓިންގ އަދި އޮޑިޓިންގ އިމްތިހާނު ހަދާ މަރުކަޒަކަށް އިސްލާމިކް ޔުނިވަރސިޓީ

އެކައުންޓިންގ އެންޑް އޮޑިޓިންގ އޯގަނައިޒޭޝަން ފޯ އިސްލާމިކް ފައިނޭޝަލް އިންސްޓިޓިއުޝަންސް  ނުވަތަ އާ އޯ ފީ ގެ އިމްތިހާނު ހަދާ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ޔުނިވާރސިޓީން ބުނީ، އާ.އޯ.ފީ ގެ އިމްތިހާނު ހަދާ މަރުކަޒަކަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ވެގެންދިއުމުން ރާއްޖޭގައި އެ ކޮލިފިކޭޝަން ހޯދުމަށް ކިޔަވަމުންދާ ދަރިވަރުން އެގްޒޭމް ހަދަން ދެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެކަމަށެވެ. އަދި އަވަށްޓެރި ޤައުތަކުން ކޔަވާ ފަރާތްތަކަށްވެސް ރާއްޖެއިން އެ އެގްޒޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެ އޯގަނައިޒޭޝަން ގެ ކޮލިފިކޭޝަން ލިބިފައިވާ ބޭފުޅުންނަށް އިސްލާމީ ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފަހި ފުރުޞަތުތަކެއް ލިބުމަށް މަގުފަހިވާނެއެވެ. އެގޮތުން މާލީ ރެގިއުލޭޓްރީ އަދި ސްޕަވައިޒަރީ އޮތޯރިޓީތަކުން އެކައުންޓިންގ އެންޑް އޮޑިޓިންގ އޯގަނައިޒޭޝަން ފޯ އިސްލާމިކް ފައިނޭޝަލް އިންސްޓިޓިއުޝަންސް ގެ މިންގަޑުތަކަށް މަސައްކަތް ހަމަޖައްސަމުން ދާއިރު، އެ މިންގަނޑުތައް ރަނގަޅަށް މާނަކޮށް ތަންފީޒުކުރެވޭނެ މުވައްޒަފުންނަށް ޑިމާންޑް އުފެދިގެންދާނެ ކަމަށްވެސް އިސްލާމިކް ޔުނިވަރސިޓީން މައުލޫމާތުދެއެވެ.

އެކައުންޓިންގ އެންޑް އޮޑިޓިންގ އޯގަނައިޒޭޝަން ފޯ އިސްލާމިކް ފައިނޭޝަލް އިންސްޓިޓިއުޝަންސް އަކީ ދުނިޔޭގެ އިސްލާމިކް ފައިނޭންސް އިނޑަސްޓްރީގެ މިންގަނޑު ކަނަޑައެޅުމުގެ އެންމެ ނުފޫޒުގަދަ އެއް މުޢައްސަސާއެވެ. އެ އޯގަނައިޒޭޝަނުން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ އިސްލާމިކް ފައިނޭންސްގެ ޝަރީޢަތާއި އެކައުންޓިންގ، އޮޑިޓިންގ، އެތިކްސް އަދި ގަވަރނަންސްގެ ދާއިރާއިން ޖުމްލަ 100 މިންގަނޑެއް ނެރެފައިވެއެވެ. އެއީ 45 އަށް ވުރެ ގިނަ ގައުމުގެ މަރުކަޒީ ބޭންކުތަކާއި ރެގިއުލޭޓަރީ އޮތޯރިޓީތަކާއި މާލީ އިދާރާތަކާއި އެކައުންޓިން އަދި އޮޑިޓިން ފަރުމާތަކާއި ގާނޫނީ ފަރުމާތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުއައްސަސާތަކުގެ މެމްބަރުންގެ އެހީތެރިކަމާއި އެކު އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު