އާދިއްތަ, November 1
ކެފޭއަކަށް ވަދެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްއަށް ވަދެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ، ވައިލެޓްމާގެ، އަހްމަދު ތައުފީގު، ބ.ތުޅާދޫ، މީޒާން އަސަދުﷲ ހާތިމް އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޑިސެމްބަރު 12 ވަނަ ދުވަހު ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީ މޯލްޑިވްސްއަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު މި ދެމީހުން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެމީހުންގެ ބަންދަށް 5 ދުވަސް ޖަހާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު