Saturday, October 31
ގެއްލިގެން ހޯދަމުން އައި ނިހާލު ފެނިއްޖެ

ގެއްލިގެން ހޯދަމުން އައި ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު ފެނިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ނިހާލު ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ރިފޯޓުކުރުމާ ގުޅިގެން ހޯދަމުން އައި ޙަސަން ނިހާލު، (34އ) އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިހާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު