Saturday, October 31
މުޖުތަމަޢު ބާރުވެރިކުރުވުމަށް ދަރަވަންދޫގައި ހިންގި ވޯކްޝޮޕް ނިންމާލައިފި

އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުމުވުމުގެ ގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބ. ދަރަވަންދޫގައި ހިންގި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

މި ޑިސެންބަރު މަހުގެ 10 އިން 13 އަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ދަރަވަންދޫގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ހިންގި ވޯކްޝޮޕެކެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވޯކްޝޮޕްގައި 40 މީހަކު ބައިވެރިވެފައިވާއިރު، 23 ފަރާތަކުން ވަނީ ވޯކްޝޮޕް ފުރިހަމަކޮށްފައެވެ.

މި ޕުރޮގުރާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމުގެ ގޮތުން މަދަނީ ޖަމުޢިއްޔާތަކުން ރަށު ފެންވަރުގައި ކުރިއަށްގެންދާ ޕުރޮގުރާމުތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޖަމުޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި، މަދަނީ ޖަމުޢިއްޔާތައް ގަވާއިދާއި ޤާނޫނަށް އަހުލުވެރިކުރުވައި، މުޖުތަމަޢު އެއްބައްވަންތަ ކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕުރޮގުރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު