އާދިއްތަ, November 1
މާލޭގެ ތިން މަގަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ މެންދުރުފަހު މާލޭގެ ތިން މަގަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރަމުންދާތީ މާދަމާ މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑިދާނެ މަގުތަކުގެ ތެރޭގައި ހިލާލީ މަގު، އަމީނީ މަގު އަދި ބުރުޒު މަގު ހިމެނޭ ކަމަށެވެ.

އަދި މި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކުރެވެނީ މާދަމާ މެންދުރުފަހު 14:00ން 16:00އަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ކަމަށާއި އެ ހިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު