Saturday, October 31
މިރޭ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓް

މިރޭ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.

މިރޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 - 5 ފޫޓުގައެވެ. އަދި މެދުރާއްޖެތެރެއާއި، ދެކުނުގައި 4 - 7 ފޫޓުގައެވެ.

މެޓް އޮފީހުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑަކާ ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު