Saturday, October 31
ޕީއެސްއެމްގެ އެމްޑީ ސަޢީދު އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސަޢީދު މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުވި ނަމަވެސް، އިިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެއެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ސަޢީދު އައްޔަންކުރީ މިދިޔަ އޮގަސްޓުމަހުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ އޭގެކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސަޢީިދަކީ އެޑިިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގައެވެ.

މީގެއިތުރުން ސަޢީދު ވަނީ ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައެވެ.

ސަޢީދު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މި ފަހުން ޕީއެސްއެމްގެ ކޮންޓެންޓާ ގުޅޭ މައްސަލަތަކެއް ވެސް ފެންމަތިވެ، ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު