Saturday, October 31
އިކޮނޮމިކް ރިފޯމް ކޮމިޝަނަރަކަށް އަސްމާ އައްޔަންކޮށްފި

އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް މީރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަސްމާ ޝަފީޢު އައްޔަންކޮށްފިއެވެ.

ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމަށް ރިފޯމް ކޮމިޝަނަރަކު ހަމަޖައްސަން ނިންމައި، އިއުލާނުކުރީ މި މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ބުނީ އެ މަގާމަށް އަސްމާ އައްޔަންކޮށްފައިވާ ކަމަށެވެ.

ރިފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނެޝަނަލް ރިފޯމު އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި އެންމެ އިސްކޮށް މަަސައްކަތްކުރުން ހިމެނެއެވެ.

މީގެއިތުރުން ރިފޯމާ ގުޅުން ހުރި ކަންކަމުގައި ފިނޭންސް މިނިސްޓަރާއި، މިނިސްޓަރުގެ އެޑްވައިޒަރަށް ލަފާ ދިނުމާއި، އިގުތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ހިމެނެއެވެ. އަދި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ އެންޑް ރެޒިލިއަންސްގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު