އާދިއްތަ, November 1
އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ މީހަކު ހޯދަން އިއުލާން ކޮށްފި

އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު، (34އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2024 ޑިސެންބަރު 15 ވަނަ ދުވަހުގެ 20:07 އެހައިކަންހާއިރު އާއިލާއިން ވަނީ ޕޮލިހަށް ރިޕޯޓުކޮށްފައި ކަމަށެވެ.

ޙަސަން ނިހާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އެދިފައިވަނީ، ޙަސަން ނިހާލު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9868475 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު