Saturday, October 31
ކުޅަދާނަ ޝާއިރު ޏަވިޔަނި ޢަލީ ޝަރީފް އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ޝާއިރެއް ކަމަށްވާ ޢަލީ ޝަރީފް އިބްރާހިމް (ނަވިޔަޏި ޢަލީ ޝަރީފް) އަވަހާރަވެއްޖެއެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ޢަލީ ޝަރީފް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.

ސަރުކާރަށް 31 އަހަރު ވަންދެން ޚިދުމަތް ކުރެއްވި ޢަލީ ޝަރީފް ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ.

މީގެއިތުރުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒާއި، ބައެއް ކޯޓުތަކުގެ ގާޒީކަން ވެސް ކުރައްވާފައިވެއެވެ.

ޏަވިޔަނި ޢަލީ ޝަރީފްގެ ނަމުން މަޝްހޫރުވި ޢަލީ ޝަރީފަކީ ދިމާވާ ކޮންމެ ހާދިސާއަކާއި، ފެންނަ ކޮންމެ މަންޒަރެއްގައި ކުލަ ޖައްސާލަދެއްވައި، ދިރުން ގެނެސްދެއްވި ކުޅަދާނަ ޝާއިރެކެވެ. އޭނާ ވަނީ ދިވެހި ޅެންވެރިކަމުގެ ތެރެއަށް ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށްއުޅޭ ބަސްތައް ވެސް ގެނެސްދެއްވާފައެވެ.

ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން ކާމިޔާބު ހޯއްދެވި ޝަރީފް ވަނީ ޅެންވެރިކަމުގެ ރޮނގުން 1981 ގައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލުކުރައްވާފައެވެ.

ޝަރީފްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު ޢަޞްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު