Saturday, October 31
ކޮފީ ކަޕްތަކެއްގައި ކޮންސީލްކޮށްގެން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ކޮފީ ކަޕްތަކެއްގައި ކޮންސީލްކޮށްގެން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ކޮންޓްރޯލް ޑެލިވަރީ އޮޮޕަރޭޝަންގެ ތެރެއިން މި މައްސަލާގައި ގެނައި ޕޭކޭޖާ ހަވާލުވާން ޔޫޕީއެސް ކައުންޓަރަށް ގޮސް ޕެކޭޖާ ހަވާލުވުމަށްފަހު ދަނިކޮށް ފުލުހުން ގޮސް އޭނާ ހުއްޓުވި ކަމަށެވެ. އަދި އެ ޕެކޭޖުތެރޭގައި އޮތް 2 ކޮފީ ކަޕް ބެލިއިރު ކޮންސީލް ކޮށްފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް ފެނިފައިވާ ފެނުނު ކަމަށާއި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 395 ގުރާމު ހުރި ކަމަށެވެ.

މި މައްސަލާގައި ހެކީގެ ގޮތުގައި ފުލުހުން ވަނީ ކަސްޓަމްްސް އޮފިސަރެއްގެ ބަޔާނާއި، ފޮޓޯ ރިޕޯޓާއި، ސީނަށްދިޔަ ފުލުހެއްގެ ބަޔާން ވެސް ހުށަހަޅާފައެވެ.

ހައްޔަރުކޮށްފައިވާ މީހާއަކީ Schizophreia ގެ ބަލިމީހެއް ކަމަށް މުއްދަތު މަޖިލީހުގައި ދިފާއުން ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅޭ ލިޔުންތަކެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އެއީ 2013 އިން 2015 އަށް އޭނާއަށް ދީފައިވާ ލިޔުންތަކެއް ކަމަށްވާތީ، ފަހުގެ ލިޔުންތައް ހުށަހެޅުމަށް ދިފާއުން އެދުނެވެ. އެގޮތުން ކޯޓުން ވަނީ އެ ފުރުސަތު ދީފައެވެ.

އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ، އޭނާގެ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރަށް ދައްކައި، ބޭސްފަރުވާ ކުރަމުންދާ ކަމަށް އައިއޯ ފާހަގަކޮށްފައިވާތީއާއި، އޭނާގެ ސިކުނޑީގެ ހާލަތަށް ބަލައި ބަންދަށް ލުޔެއް ދިނުމަށް އެދިފައިވާތީ އެ ކަންކަމަށް ރިއާޔަތްކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު