Saturday, October 31
13 އަހަރަށްފަހު އިސްދޫން ގޯތި ދޫކުރަނީ

ލ.އިސްދޫން ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށުގެ މަޖުދީމަގުގެ އިރުމަތީ ފަޅިން 3,000 އަކަފޫޓުގެ 150 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 17 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 19 ވާ އާދިއްތަ ދުވަހުގެ 13:00 އާ ހަމައަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް އިސްދޫ ކައުންސިލު އިދާރާއިންނެވެ.

ގޯއްޗަށް އެދޭ ފޯމް ކައުންސިލު އިދާރާގެ ރިސެޕްޝަނުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިސްދޫ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

އިސްދޫން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތަކު ކަމުގައިވުން.
  • އުމުރުން 18 އަހަރުވެފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން.
  • ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. އަދި 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ލިބިފައިވާނަމަ، މިފަދަ ބައެއް ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން.
  • ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިގުރާރު ފޯމާއެކު ހުށަހަޅަންޖެހޭ.
  • ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން 600 އަކަފޫޓަށްވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާފައި ނުވަތަ ވިއްކާފައިވުން.
  • ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 އަށްވުރެ މަތިން ޕޮއިންޓުލިބޭ ފަރާތެއް ކަމުގައިވުން.

ކައުންސިލުން ބުނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތް ގޯތި ދޫކުރުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. މި އުސޫލާއި ކަމާގުޅޭ އިތުރު ލިޔެކިޔުންތައް އިއުލާނާއެކު ވަނީ އެއްކަރުދާސްކޮށްފައެވެ.

އިސްދޫ ހަވިއްތަ. އިސްދުއަކީ ތާރީޚީ ގޮތުން މުއްސަނދި ގަދީމީ ރަށެއް.

'"ސަބަބު"' ނޫހަށް މައުލޫމާތު ދެއްވަމުން އިސްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 13 އަހަރު ކުރިން 2011 ވަނަ އަހަރު ކަމަށެވެ. އޭރު އިއުލާނުކުރީ 140 ގޯތި ދޫކުރަން ކަމަށާއި، ނަމަވެސް ދޫކުރީ 139 ގޯތި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު