Saturday, November 21
މާލެއަށް ދަތުރުކުރި ބޯޓެއްގައި ހުރި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ސީމެކްސް ނަމަކަށް ކިޔާ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖު ކުމާރު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.

ރާޖު ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 08 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ސީމެކްސް ބޯޓު ރޭ 11:30 ހާއިރު އައްޑޫ ސިޓީން ފުރިއިރު، ރާޖު ކުމާރު ބޯޓުގައި ހުރި ކަމަށާއި، ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގިފައިވެއެވެ.

ރާޖު ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު، މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު