ކާކުކަން ނޭނގޭ ގޮތަށް ހަސަން ކުރުސީގެ ނަމުގައި 'އެކްސް'ގައި ހިންގަމުން އަންނަ އެކައުންޓް އަނެއްކާވެސް އެކްޓިވޭޓް ކޮށްފިއެވެ.
2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކްޓިވް އެ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިހާރު އޭނާގެ އެކައުންޓް ވަނީ އަލުން އެކްޓިވޭޓްވެފައެވެ. އަދި ސަސްޕެންޑް ކުރުމުން ގެއްލުނު ހުރިހާ ޕޯސްޓެއްވެސް މިހާރު އެ އެކައުންޓުން ފެނެއެވެ.
ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އައި މި އެކައުންޓް ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް މާ ގިނައިރުތަކެއް ނުވަނީސް، އެކައުންޓް އަލުން އިއާދަކުރެއެވެ.
ސަރުކާރަށް ފާޑުކިޔަމުން އަންނަ މި އެކައުންޓް ހިންގާ މީހާ ހޯދަން ވަނީ މީގެ ކުރިން ކޯޓު އަމުރެއްވެސް ނެރެފައެވެ.
މި ލިޔުން ކިޔާލުމުން