Saturday, October 31
ރިއަލް މެޑްރިޑްގެ ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލް ސްކޮޑުގައި އެމްބާޕޭ ހިމެނިއްޖެ

ރިއަލް މެޑްރިޑްގެ ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ  ފައިނަލް ސްކޮޑުގައި ކައިލިއަން އެމްބާޕޭ ހިމެނިއްޖެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ޤަތަރަށް މި ހަފުތާގެތެރޭގައި އެމްބާޕޭ ދަތުރުކުރާނެ ކަމަށް ސްޕެއިންގެ ރިއަލް މެޑްރިޑް އިން ވަނީ ބުނެފައެވެ.

ޑިސެމްބަރ 10 ވަނަ ދުވަހު އިޓަލީގެ ބަރގާމޯގައި ބޭއްވުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އަޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ރިއަލް މެޑްރިޑް 3-2 އިން މޮޅުވި މެޗުގައި އެމްބާޕޭގެ ފަޔަށް އަނިޔާވުމުގެ ސަބަބުން، އޭނާ އަށް މި މުބާރާތުގައި ބައިވެރިވާނެ ކަމާމެދު އޮތީ ވަރަށް ބޮޑަށް ޝައްކު އުފެދިފައެވެ. ނަމަވެސް, ރިއަލް މެޑްރިޑު އިން މިހާރު ވަނީ އޭނާއަށް ކުޅެވޭނެ ކަމުގައި ޔަޤީކަންދީފައެވެ. ރިއަލް މެޑްރިޑުން 24-2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ފީފާ އިންޓަރކޮންޓިނެންޓަލް ކަޕަށް ކޮލިފައިވެފައެވެ. ރިއަލް މެޑްރިޑް، ފައިނަލްގައި ކުޅޭނީ މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށެވެ. ޕަޗޫކާއަކީ 2024 ވަނަ އަހަރުގެ ކޮންކަކާފް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރި ޓީމެވެ. އެ ޓީމް ފައިނަލަށް ދިޔައީ ފުރަތަމަ ބްރެޒިލްގެ ބޮޓަފޯގޯ އަދި މިޞްރުގެ އަލް އަހްލީ ބަލިކޮށްގެންނެވެ. އަލަށް ތަޢާރަފުކުރެވުނު ފީފާ އިންޓަރކޮންޓިނެންޓަލް ކަޕަކީ ކޮންމެ އަހަރަކު ކުޅެވޭ ކްލަބް މުބާރާތެކެވެ. މި މުބާރާތް ކުޅެވޭނީ ޔޫއެފްއޭ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމާއި, ހުރިހާ ކޮންފެޑެރޭޝަންތަކުގެ އެންމެ މަތީ ފަންތީގެ ކްލަބް މުބާރާތްތަކުގެ ޗެމްޕިއަނުންގެ މެދުގައެވެ. ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ފައިނަލް ކުޅޭނީ ޑިސެމްބަރ 18 ވަނަ ދުވަހު ވެރިރަށް ދޯހާގެ ބޭރުގައިވާ ލުސައިލް ސްޓޭޑިއަމްގައެވެ. މިއީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ވެސް ބޭއްވުނު ދަނޑެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު