Saturday, October 31
މަގުތަކުގައި ކުންޏާއި ޕެލެޓްފަދަ ތަކެތި ބަހައްޓާނަމަ ފިޔަވަޅު އަޅާނަން: މާލެ ސިޓީ ކައުންސިލު

މާލެ ސިޓީގެ ރައްޔިތުންނާއި، ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް މަގުތަކާއި، ގޯޅިތަކުގައި ކުންޏާއި ޕެލެޓްފަދަ ތަކެތި ބަހައްޓާނަމަ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނާއި، ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް މަގުތަކާއި، ގޯޅިތަކުގައި ހުންނަ ކުންޏާއި، ޕެލެޓްފަދަ ތަކެތި، މާލެ ސިޓީގެ މަގުތަކާއި، އާންމު ތަންތަނުގައި ގިނަވަމުންދާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެފަދަ ތަކެތި މިހާރު ބަހައްޓާފައިވާ ފަރާތްތަކުން ޑިސެންބަރު 22 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އެތަކެތި ނެގުމަށް ވަނީ އަންގާފައެވެ.

މީގެފަހުން ކުންޏާއި މިފަދަ ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަން އެންގީމެވެ. އަދި އެއްވެސް ބާވަތެއްގެ ކުންޏެއް، މާލޭގެ މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެއްކަން ވެސް އަންގައި އިއުލާނުކުރީމެވެ.

މަގުމައްޗަކީ ދުއްވާ ތަކެއްޗަށާއި، އެންމެންނަށް ވެސް ހިނގާބިނގާވެ އުޅެން ފަސޭހަ، ރައްކާތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް، އެ ކައުންސިލުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު