އާދިއްތަ, November 1
ރައީސް ގަލޮޅު މަދަރުސާއަށް ވަޑައިގަންނަވައިފި

ތިން މިނިސްޓްރީއަކާއި ސިިޓީ ކައުންސިލްގެ ބައެއް ޑިޕާޓްމެންޓުތައް ހިންގި އިމާރާތުގައި ރޯވުމުގެ ސަބަބުން ސަލާމަތް ކުރެވުނު ސިޓީ ކައުންސިލްގެ ދެ ސެކްޝަނުގެ ޑޮކިއުމެންޓްތައް ތަރުތީބު ކުރުމުގެ މަސައްކަތް ރައީސް ޑރ، މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޭނުންނުކުރެވޭ ވަރަށް ހަލާކުވި އެ ކައުންސިލްގެ ދެ ސެކްޝަނުން ސަލާމަތް ކުރެވުނު ޑޮކިއުމެންޓްތައް ތަރުތީބު ކޮށް ރިކަވާރކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު މިއަދު ވަނީ ގަލޮޅު މަދްރަސާއަށް ވަޑައިގަންނަވާފައި ކަމަށެވެ. 

ބުރާސްފަތި ދުވަހު ފުރަތަމަ އަލިފާން ރޯވީ ގްރީން ބިލްޑިންގ ހިންގާ ހައުސިންގ މިނިސްޓްރީގައެވެ. އޭގެފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީގައި ވެސް އަލިފާން ރޯވެ، ހަގަޑިއިރު ފަހުން އަލިފާންގަނޑު ނިއްވާލެވުނުއިރު އެ އިމާރާތް ވަނީ އަނދާ ހުލިވެފައެވެ.

އަދި މިހާދިސާގައި މާލެ ސިޓީގެ ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް ދެމުންދިޔަ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މާލޭ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މިނިސްޓްރީތަށް ދަރުބާރު ގެއަށް ބަދަލު ކުރުމަށް ހުރިހާ އެޗްޑީސީ، ސްޓެލްކޯ، އެމްޓީސީސީ އަދި މި ނޫނަސް ގިނަ ކުންފުނިތަކުން މަސައްކަތް ކޮށްފައި ވެއެވެ.

މިހާދިސާ ހިނގަން ދިމާވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު