Saturday, October 31
ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ފުއާދު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް މއ. ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު އައްޔަންކުރައްވައިފިއެވެ.

ތައިލެންޑުގައި ހުންނަވާ ސަފީރުކަމަށް ފުއާދު އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފުއާދު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑަރ އެޓް ލަރޖްގެ މަގާމުގައެވެ.

ފުއާދު ތައުފީގަކީ ދެ ދައުރެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ދެވަނަ ފަހަރަށް އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. އޭނާގެ މިދިޔަ މަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ.

ފުއާދު ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު ވަނީ 35 އަހަރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު