Tuesday, November 17
ރައީސް، ތިން ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެނދި ތިން މިނިސްޓްރީ ކަމަށްވާ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ދަރުބާގެއަށް ވަޑައިގެން، މި ތިން ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މިވަގުތު ހުރި ދަތިތައް ބައްލަވައިލެއްވިއެވެ.މީގެ އިތުރުން ރައީސް ވަނީ، މި ތިން ވުޒާރާގެ ވަޒީރުންނާވެސް ބައްދަލުކުރައްވައިފައެވެ.

ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާގައި މި ތިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މިކަމާ ގުޅިގެން މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއެކު، އެނދި ތިން މިނިސްޓްރީގެ ޚިދުމަތްތައް އަލުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރެވި، އިއްޔެ ވަނީ ޚިދުމަތްތައް އަލުން ފެށިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު