ހަސަން ކުރުސީގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓް ސަސްޕެންޑްކޮށްފިއެވެ.
2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކްޓިވް އެ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭގެ ސަބަބުން ކުރުސީގެ އެކައުންޓުގައި ހުރި އެއްވެސް ޕޯސްޓެއް މިހާރު ފެންނަން ނެތެވެ.
ކާކުކަން ނޭނގޭ ގޮތަށް ހިންގަމުން އައި މި އެކައުންޓް ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް މާ ގިނައިރުތަކެއް ނުވަނީސް، އެކައުންޓް އަލުން އިއާދަކުރެއެވެ.
ސަރުކާރަށް ފާޑުކިޔަމުން އައި މި އެކައުންޓް ސަސްޕެންޑްކުރިއިރު، މި އެކައުންޓް ހިންގާ މީހާ ހޯދަން ވަނީ މީގެ ކުރިން ކޯޓު އަމުރެއްވެސް ނެރެފައެވެ.
މި ލިޔުން ކިޔާލުމުން