Saturday, October 31
އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އދ.އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ އޮމަދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އޮމަދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އޮމަދޫގެ ބައެއް މުވައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ބަނދަރުގެ މައްސަލައަކީ އޮމަދޫގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމާއި، ހެލްތު ސެންޓަރ ތަރައްގީކުރުމަށް ބޭނުންވާކަމާއި، ބިމުގެ ޖާގައިގެ ދަތިކަން އޮތްކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސުކޫލުގެ ކަންކަން ރަނގަޅުކުރަން ބޭނުންވާ ކަންކަން ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގެ ބައިވެރިން ވަނީ އޮމަދޫގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު