Saturday, October 31
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް އާޝާން ހަމަޖައްސައިފި

ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ފާތިމަތު އާޝާން ހަމަޖައްސައިފިއެވެ.

މިއީ މި ކުންފުނީގެ އެމްޑީއަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

އާޝާން މި މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު ހުންނެވީ އެސް.ޓީ.އޯ ގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. އަދި މީގެ ކުރިން މިފްކޯގެ ޑެޕިއުޓީ ސިއީއޯ ކަމުގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ. އާޝާން މަތީ ތަޢުލީމް ހާސިލު ކުރައްވާފައިވަނީ ބިސްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

މި މަގާމަށް އާޝާން ހަމަޖައްސާފައި ވަނީ ކުރީގައި އެ މަގާމުގައި ހުންނެވި އިސްމާޢިލް ސުހައިލު މިދިޔަ ނޮވެމްބަރުމަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުހައިލު އިސްތިއުފާ ދެއްވިއިރު އެފް.އެސް.އެމް ގެ ޚިޔާނާތުގެ މައްސަލަތަކެއް ވަނީ ފެންމަތިވެ, ތަހުޤީގުކުރަން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު