Saturday, October 31
ކުނބުރުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާ ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ކުނބުރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވީ މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކުނބުރުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުންކައުންސިލުން ވަނީ ރަށުގެ ސުކޫލު ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަމަށާއި، ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރަށުގެ ކުނި ނެގުމާއި، ކުނި ނައްތާލުމުގެ މައްސަލައަށް ހައްލު ބޭނުންވާ ކަމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، ކުނބުރުދޫ ރައްޔިތުންނަށް އެންމެ ބޭނުންވާ އެންމެ މުހިންމުކަމަކީ ބޯހިޔާވަހިކަން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ވަނީ ރާއްޖޭގެ ރައީސަކު އެ ރަށަށް ޒިޔާރާތްނުކުރާތާ 15 އަހަރުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުނބުރުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު