އާދިއްތަ, November 1
މަހިބަދޫގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އދ.މަހިބަދޫގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭ ކަމަށެވެ.

މީގެއިތުރުން މަހިބަދޫގެ އިހުތިސާސްގައި ހިމަނުއްވާފައިވާ މާފަރު ފަޅު ހިއްކައި ތަރައްގީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައި ވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫން ކަމަށާއި، މުޅި ސަރަހައްދަށް އެ ފައިދާ ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މާފަރު ފަޅަކީ އަރބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީވެގެންދާ ތަނަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ހަތަރު އަހަރުގެ ތެރޭގައި މަހިބަދޫ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު