Saturday, October 31
ދަނގެތީގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާހުކޮށްފި

އަރިއަތޮޅު ދެކުނުބުރީ ދަނގެތީގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހާރު އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އދ. ދަނގެތީގައި ކުރިއަށްގެންދިޔަ ނަރުދަމާ ނިޒާމުގެ މަޝްރޫއުއަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ. މި މަޝްރޫޢު ގެ މަސައްކަތް ނިންމާފައިވަނީ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓަރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު